ދ. އަތޮޅު ޤުރުއާން މުބާރާތް 2025 ކާމިޔާބު ކަމާއެކު ނިންމާލައިފި
ދ. އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވުނު ދ. އަތޮޅު ޤުރުއާން މުބާރާތް 2025 ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފިއެވެ. މި މުބާރާތް ބޭއްވުނީ ދ. ކުޑަހުވަދޫގައި 25 ޖޫން 2025 އިން 28 ޖޫން 2025 އަށެވެ.
މި އަހަރުގެ މުބާރާތުގައި 6 ކީ ސްޓޭޖްއަކުން ޖުމްލަ 63 ދަރިވަރުން ވަނީ ބައިވެރިވެފައިވާއިރު، މުޅި މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ އީލާފް އަޙްމަދު ޞަލާޙްއެވެ.
މި މުބާރާތުގެ 1 ވަނަ ކައުންސިލަކަށް ހޮވިފައިވަނީ ދ. ކުޑަހުވަދޫ ކައުންސިލެވެ. 2 ވަނަ ކައުންސިލަކަށް ދ. މީދޫ ކައުންސިލް ހޮވުނު އިރު، 3 ވަނަ ކައުންސިލަކަށް ހޮވިފައިވަނީ ދ. ހުޅުދެލީ ކައުންސިލެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދ. އަތޮޅުން ޤައުމީ ޤުރްޢާން މުބާރާތުގައި ވާދަކުރާ ބައިވެރިންނަކީ ޤުރްއާން ކިޔެވުމުގެ ހުނަރު ލިބިފައިވާ މޮޅު ބަޔަކަށް ހެދުމާއި، ދ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމުގެ އިތުރުން ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައި ދިނުމުގަޔާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް ދ . އަތޮޅުގައި އުފެއްދުމެވެ.
