ދ. ވޮލީބޯލް ޗެލެންޖް 2025 ގައި ބައިވެރިވުމަށް ހުޅުވާލުން
ދ. ވޮލީބޯލް ޗެލެންޖް 2025 ގައި ބައިވެރިވުމަށް ހުޅުވާލުން
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން މި އަހަރުގެ ނޮވެމްބަރ މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ދާލު ވޮލީބޯލް ޗެލެންޗު 2025 ގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތައް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ޓީމުތައް 26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2025 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ.
ރަޖިސްޓްރޭޝަން ލިންކް:
https://forms.office.com/r/e0z564vV7F?origin=lprLink
މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިގައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9978171 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަinfo@dhaal.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
މުބާރާތުގެ ޤަވާއިދު:
Team List Form
