ދ އަތޮޅު ކައުންސިލަށް 5 ބަގީ އަދި 6 ރަށު ޕިކަޕު ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ދ އަތޮޅު ކައުންސިލަށް 5 ބަގީ އަދި 6 ރަށު ޕިކަޕު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓަރ ވުމަށް: https://forms.office.com/r/6ZkbXQSwbC
| ތަފްސީލް | ތާރީޚް | ގަޑި |
| ރަޖިސްޓަރ ވުމުގެ ސުންގަޑި | 07 އޮގަސްޓް 2025 – ބުރާސްފަތި | 11:00 |
|
ސުވާލު ފޮނުވުމުގެ ސުންގަޑި އީމެއިލް: procurement@dhaal.gov.mv |
05 އޮގަސްޓް 2025 – އަންގާރަ | 11:00 |
| ބީލަންތައް ހުޅުވުން | 12 އޯގަސްޓް 2025 – އަންގާރަ | 11:00 |
| ތަން: ދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް | ||
| އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 9978171 އަށެވެ. | ||
ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.
މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް https://dhaal.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.
