ދ. ވޮލީބޯލް ޗެލެންޖް 2026ގައި ބައިވެރިވުމަށް ހުޅުވާލުން
ދ. ވޮލީބޯލް ޗެލެންޖް 2026 – ފިރިހެން ޑިވިޝަން ގައި ބައިވެރިވުމަށް ހުޅުވާލުން
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން 2026 ޖަނަވަރީ މަހު 25 ގައި ފެށުމަށް ހަމަޖެހިފައިވާ ދާލު ވޮލީބޯލް ޗެލެންޗު 2026 ގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތައް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ޓީމުތައް 2026 ޑިސެމްބަރ 31 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2026 ޖަނަވަރީ 12 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/e0z564vV7F?origin=lprLink
މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިގައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9978171 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަinfo@dhaal.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
މުބާރާތުގެ ޤަވާއިދު
