ރޯޑްވާދިނަސްގެ ޚިދުމަތް

ރޯޑްވާދިނަސް ޚިދުމަތް ހޯދުމުގެ މަރުޙަލާތައް:
1. އަންނަނިވި ލިޔެކިޔުންތަކާއެކު ހުއްދަ ލިބިފައިވާ ގަރާޖަކަށް ހުށަހެޅުން:
– ފުރިހަމަކޮށްފައިވާ ރޯޑްވާދިނަސް ޚިދުމަތަށް އެދޭ ފޯމު
– އެންމެ ފަހުން ދެއްކި އަހަރީ ފީގެ ރަސީދު ނުވަތަ ސްލިޕް
– އުޅަނދުގެ ރަޖިސްޓްރީގެ ކޮޕީ
– ޚިދުމަތުގެ ފީ: 20.00 ރުފިޔާ (ވިހި ރުފިޔާ)

2. ގަރާޖުން އުޅަނދު ބަލައި ފާސްކުރުމަށްފަހު އަތޮޅު ކައުންސިލަށް ރިޕޯޓު ހުށަހެޅުން

3. އުޅަނދު ރޯޑްވާދިނަސްގެ ޝަރުޠުތައް ފުރިހަމަވާނަމަ، ގަރާޖުން ދޫކުރާ ލިޔުމާއެކު ސްޓިކަރ ދޫކުރެވޭނެއެވެ.

4.ޝަރުޠުތައް ފުރިހަމަ ނުވާނަމަ، އެކަންކަން އިޞްލާޙުކުރުމަށްފަހު އަލުން ގަރާޖަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެއެވެ.