ޚަބަރު

ދ. އަތޮޅު ޤުރުއާން މުބާރާތް 2024 ނިންމާލައިފި

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ޤުރުއާން މުބާރާތް ” ދ. އަތޮޅު ޤުރުއާން މުބާރާތް 2024 ”  ، މި ހިނގާ ޖަނަވަރީ މަހުގެ 11 އިން 12 އަށް ބާއްވައިފިއެވެ. މި މުބާރާތަކީ ، ދ. އަތޮޅުގެ ދަރިވަރުންގެ މެދުގައި ޤުރުއާންގެ ޢިލްމު އުނގެނުމުގެ ރޫޙު އާލާކުރުމުގެ ގޮތުންނާއި ، 36 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ދ. އަތޮޅު ތަމްޘީލް ކުރާނޭ ބައިވެރިން ހޮވުމުގެ މަޤްޞަދުގައި ބޭއްވިފައިވާ މުބާރާތެކެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ކުޑަހުވަދޫ ގައެވެ.

މުބާރާތުގައި ، ދ . އަތޮޅުގެ ހުރިހާ ސްކޫލަކުން ޖުމްލަ 62 ބައިވެރިން ބައިވެރިވެ ، ކިޔަވާފައި ވެއެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި ، 49 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ބައިގައި 13 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މި މުބާރާތް ހުޅުވާލެވިފައިވަނީ ، ދ. އަތޮޅުގެ ސްކޫލްތަކުގެ ފައުންޑޭޝަން ދަރިވަރުން އިން ފެށިގެން ކީސްޓޭޖް 5 ގެ ދަރިވަރުންނަށެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ ، މިދާއިރާގައި ފުންނާބު އުސް ބޭފުޅުންނެވެ. މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ ، ފ. ނިލަންދޫ ވެނީލާގޭ އަލްޤާރީ ޢަލީ ވަޙީދު އާއި ، ފ. ނިލަންދޫ ނޫރު އަލްފާޟިލް މޫސާ އަޙްމަދުގެ އިތުރުން ، ސ. ހިތަދޫ މާވުލެސް އަލްޙާފިޟާ ލަޠީފާ އަޙްމަދެވެ.

މުބާރާތުގެ ނަތިޖާ އިއުލާންކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ، 13 ޖަނަވަރީ 2024 ގައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ، ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު އެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި ، ދަރިވަރުންގެ ހިތްތަކުގައި ރިވެތި އަޚްލާޤް އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވުމުގެ އިތުރުން ، ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަމާއި ، އަދި ޤުރުއާން ކިޔެވުމާއި ޤުރުއަނާއިބެހޭ ޢިލްމު އުނގެނުމަކީ ވަކި އުމުރު ފުރައަކަށް ޚާއްޞަ ކަމެއްގެ ގޮތުގައި މިހާރަކަށް އައިސް ދެކެވޭކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ޤުރުއާން އުނގެނުމަކީ ހަމައެކަނި ސްކޫލްދަރިވަރުން ސްކޫލް ދައުރުގައި ކުރާކަމަކަށް ވުރެ ބޮޑަށް ހަމަ ކޮންމެ މީހަކުވެސް ކޮންމެ އުމުރެއްގައިވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރަންޖެހޭ ކަމެއްކަމުގައި ފާހަގަ ކުރެއްވިއެވެ.

 މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ، ދެ ދަރިވަރަކު ހޯދާފައި ވެއެވެ. އެއީ ، ދ. އަތޮޅު މަދަރުސާގެ ދަރިވަރު އާލް އަޙްމަދު ސަޢީދު އާއި ، ދ. އަތޮޅު މަދަރުސާގެ ދަރިވަރު މުޙައްމަދު ޚަލަފް ހަސަން އަޙްމަދެވެ. އަދި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އީލާފް އަހްމަދު ޞަލާޙް އެވެ.

މުބާރާތުގައި ބައިވެރިވި ރަށްތަކުގެ ތެރެއިން 3 ވަނަ ހޯދާފައިވަނީ ދ. މާއެނބޫދޫއެވެ. ދެވަނަ ހޯދާފައިވަނީ ދ. މީދޫއެވެ. އެއްވަނަ ހޯދާފައިވަނީ ދ. ކުޑަހުވަދޫ އެވެ.

މުޅި މުބާރާތުން ފަޚުރުވެރި 1 ވަނަ ހޯދާފައިވަނީ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އީލާފް އަޙްމަދު ޞަލާޙް އެވެ.

މުބާރާތުގެ 1 ވަނަ ދަރިވަރަށް ޝަރަފްވެރި މެހެމާން ޓްރޮފީއާއި ހަނދާނީ ލިޔުން އަދި ވިލާ ކޮލެޖުން ދެއްވާ އިނާމް ހަވާލުކުރެއްވުން

މި މުބާރާތުން ، 36 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ދ. އަތޮޅު ތަމްޘީލް ކުރުމަށް ހޮވިފައިވާ ދަރިވަރުންނަކީ :

ދަރިވަރުގެ ނަމާއި ސްކޫލް

#

މާކިން އަޙްމަދު ފިކުރީ ( އޮލިވްގާރޑަން / ދ . ކުޑަހުވަދޫ ) ދ. މާއެނބޫދޫ ސްކޫލް

1

ޢާއިޝަތު އާރާ އަފްރާޙް ( ރެލީގެ / ދ. ކުޑަހުވަދޫ ) ދ. އަތޮޅު ތަޢުލީމީ މަރުކަޒު

2

އާލް އަޙްމަދު ސަޢީދު ( ހިރުނދުމާވިލާ / ދ. މީދޫ ) ދ. އަތޮޅު މަދަރުސާ

3

އިއުފާފް އާރިފް ( ވީނަސް / ދ. ބަނޑިދޫ ) ދ . ބަނޑިދޫ ސްކޫލް

4

އަޙްމަދު ޝާއިފް ޙަސަން ( އަންނާރުމާގެ / ކ . ތުލުސްދޫ ) ދ. ރިނބުދޫ ސްކޫލް

5

ޢަބްދުﷲ ވިލްދާން ބިން އަހްމަދު ސިރުމީ ( ވިލާޑީހައުސް / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

6

މުޙައްމަދު ޚަލަފް ޙަސަން އަޙްމަދު ( ޝާދީވިލާ / ދ. މީދޫ )  ދ . އަތޮޅު މަދަރުސާ

7

އާއިޝަތު ރަޝްފާ އަހްމަދު ( ރަންދޯދި / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

8

އާއިޝަތު ޝައިބާ މުޙައްމަދު ( ސައުތުކޯނަރ / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

9

މަރްޔަމް އިޔާ އިސްމާޢީލް ( ޝާދިވިލާ / ދ. މީދޫ )  ދ . އަތޮޅު މަދަރުސާ

10

އަބާން އިބްރާހީމް ( ދިލްޝާދުގެ / ދ. މީދޫ )  ދ . އަތޮޅު މަދަރުސާ

11

އާއިޝަތު ޔަލްވީ އަޙްމަދު ( ގަހާކޯޅި / ދ. ހުޅުދެލި )  ދ . ހުޅުދެލީ ސްކޫލް

12

ލިވާ އަޙްމަދު ޝަމްޢޫން ( ޖަންގަލީވިލާ / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

13

ޒާޝާ މުޙައްމަދު ޝާއިޒް ( މަނަސް / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

14

އީލާފް އަހްމަދު ޞަލާޙް ( ބަށިގެ / ދ. ކުޑަހުވަދޫ ) ދ . އަތޮޅު ތަޢުލީމީ މަރުކަޒު

15

 

މި މުބާރާތް ބޭއްވުމުގައި އެކި ގޮތްގޮތުން އަތޮޅުކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެއްވި ، އެންމެހާ ފަރާތްތަކަށް ، އަތޮޅުކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރަމެވެ.