ޚަބަރު

ދ. އަތޮޅުޤުރުއާން މުބާރާތް 2024 ގެ 1 ވަނަ އީލާފް އަޙްމަދު ޞަލާޙް ހޯދައިފި

ދ. އަތޮޅު ޤުރުއާން މުބާރާތް 2024 ގެ ފަޚުރުވެރި 1 ވަނަ ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 ގެ ދަރިވަރު ، އީލާފް އަޙްމަދު ޞަލާޙް ހޯދައިފިއެވެ.

މި މުބާރާތަކީ ، ދ. އަތޮޅުގެ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނުގެ ޢިލްމަށް ލޯބިޖައްސާ ، ތަޖުވީދުގެ ހަމަތަކާއެކު ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި އަތޮޅު ކައުންސިލުން ބާއްވަމުންގެންދާ މުބާރާތެކެވެ. ފައުންޑޭޝަން އާއި ކީސްޓޭޖްތަކުގެ ދަރިވަރުންނަށް ބައިވެރި ވެވޭ ގޮތަށް ބޭއްވި ، މި މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލަކުން ޖުމްލަ 62 ދަރިވަރުން ކިޔަވާފައި ވެއެވެ.

1 ވަނަ ދަރިވަރަށް އަތޮޅުކައުންސިލުން ދޭ ޓްރޮފީއާއި ހަނދާނީ ލިޔުން ، އަދި ވިލާ ކޮލެޖުން ދެއްވާ އިނާމް ހަވާލުކޮށްދެއްވީ ، މުބާރާތުގެ ނަތީޖާ އިޢުލާން ކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާން ވިލާކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު އެވެ.