ޚަބަރު

އަތޮޅުކައުންސިލްގެ ޓީމާއި އަލަށް ގުޅިލެއްވި މުވައްޒަފުންނަށް މަރުޙަބާކިޔުން

 

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ސްޓާފް ޓީމާއި އަލަށް މުވައްޒަފުންނަށް މަރުޙަބާ ކިޔުން މިއަދު އަތޮޅުކައުންސިލްގައި ބޭއްވިފައިވެއެވެ. އަތޮޅުކައުންސިލްގެ ޓީމާއި އަލަށް ގުޅިލެއްވި ބޭފުޅުންނަކީ ، ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް އަލްފާޟިލާ ޞަދުމާ އިސްމާޢީލާއި ، އަލްފާޟިލާ ޝަރުމާ އެވެ. އަދި ފަޅުވެރި މަޤާމަށް އަލްފާޟިލް އިބްރާހީމް ޔަޒްދާން އެވެ.

މި ރަސްމިއްޔާތުގައި ސެކްރެޓަރީޖެނެރަލް އަލްފާޟިލް ޢަބްދުއްރަޝީދު ޢަބްދުއްރައްޒާޤް ދެއްކެވި ވާހަކަފުުޅުގައި ، އަތޮޅުކައުންސިލްގެ ޓީމަށް އަލަށް ގުޅިލެއްވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވާކަމަށާއި ، އަތޮޅު ކައުންސިލްގައި ގިނަމުވައްޒަފުންތަކެއް ނެތް ނަމަވެސް  ހުރިހާ މުވައްޒަފުންނަކީވެސް ގުޅިގެން  އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ޓީމެއްކަމަށާއި ވުމާއެކު ، އަލަށް ގުޅިލެއްވި މުވައްޒަފުންވެސް ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.